ރާއްޖެއަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމެންޓް މިނިސްޓްރީގެ ވަފްދެއް ޒިޔާރަތްކޮށްފި
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 1:31
ރާއްޖެއަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓްރީގެ ވަފްދެއް ޒިޔާރަތްކޮށްފިއެވެ.
މި ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައްޔިދެވެ. މިނިސްޓްރީގެ ވަފްދުގެ އިތުރުން ސައުދީ ސަރުކާރުގެ ޕްރައިވެޓް ސެކްޓަރުގެ ފަރާތްތައް ވެސް މި ދަތުރުގައި ރާއްޖެއަށް ވަޑައިގެންފައިވެއެވެ.
ސާރާއަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ބައްލަވާފައިވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޔަހްޔާ އަލް ޤަހްތާނީއެވެ.