ހުޅުމާލެއިން އުޅަނދު ޓޯކުރި މިންވަރު އިތުރުވެފައި އޮއްވައި، ނުގަވައިދުން ހުރި އުޅަނދުތައް ނަގަން މުއްދަތެއް ދީފި

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 12:31

ހުޅުމާލޭގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ޓޯކުރި މިންވަރު އިތުރުވެފައި ވަނިކޮށް، ހުޅުމާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފުލުހުން މުއްދަތެއް ދީފިއެވެ.

މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރުން ވަރަށް އާންމެވެ. އެހެންވެ، މަގު ބޭނުންކުރާ އެކި މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެ މައްސަލައަށް ހައްލު ގެނައުމަށް ފުލުހުން އަންނަނީ، މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލޭގެ އެކި ތަންތަނުގައި ހުރި އުޅަނދުތައް ނަގަން ފަސް ވަރަކަށް ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ، އަންނަ ބުރާސްފަތި ދުވަހުގެ 23:30ގެ ކުރިންނެވެ.

މައުޟޫޢުތަށް