ފުލުހުން ފެނުމުން އުޅުނީ އެއްޗެއް ފޮރުވަން، ފެނުނީ 72 ދަޅު ބިޔަރު

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 12:59

ފުލުހުން ފެނުމުން 72 ބިޔަރު ދަޅު ފޮރުވަން އުޅުނު ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ އެ މުއައްސަސާގެ އޮފިސަރުންތަކެއް އިއްޔެ ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރެއިން ކަމަށެވެ. ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މި މީހާ ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފުލުހުންނަށް ފާހަގަވިކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކެއް ފެނުނު ކަމަށެވެ. އެ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މައުޟޫޢުތަށް