ފުވައްމުލަކަށް ފެނުގެ މައްސަލަ ދިމާވެ، ފެން ކަނޑަން ޖެހުމުން މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 2:29

މިދިޔަ މަހު ފުވައްމުލައް ސިޓީގައި، ފެނުގެ މައްސަލަ ދިމާވެ، ފެން ކަނޑަން ޖެހުމުން މިދިޔަ މަހަށް އެ ސިޓީގެ ފެން ބިލު ނުކުރުމަށް އެ ސިޓީއަށް ފެން ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފިއެވެ.

ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހި، ދުވަސްތަކެއް ވިއެވެ.

އެ ރަށަށް ފެން ދޫކުރަން ފެށި ފަހުން ވެސް، ފެން ނުސާފު ކަމަށް ބުނެ، އެ ރަށު މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.

މައުޟޫޢުތަށް