ފުލެޓުތައް ހަވާލުކޮށް ނިންމަން އެފްޑީސީން އައު ތާރީޚުތަކެއް
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 3:53
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފުލެޓު ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވޭ އާ ތާރީޚުތަކެއް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
އެފްޑީސީގެ ފުލެޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފުލެޓު ލިބުނު މީހުންނަށެވެ. ފާއިތުވި އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އެ ޓަވަރުގައި މީހުން ދިރިއުޅެން ފަށާފައިވެއެވެ.
އެފްޑީސީން މީގެ ކުރިން ބުނީ، މިދިޔަ މަހުގައި ފުލެޓުތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށެވެ.