ކޮންޓްރޯލް ނެތި އުޅަނދަށް ލިބޭ ގެއްލުން ކަވަރުކޮށްދޭ 'ކޮމްޕްރެހެންސިވް އިންޝުއަރެންސް' ތައާރަފުކުރަން ހުށަހަޅައިފި

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 5:58

އެއްގަމު އުޅަނދު ރާއްޖޭގައި ދުއްވަން ވާނީ، އެ އުޅަނދަކަށް، ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ 'ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް' ކުރުމަށް ފަހު ކަމަށް ލާޒިމްކޮށް އެ އިންޝުއަރެންސް ތައާރަފްކުރުމަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

ކޮމްޕްރެހެންސިވް އިންޝުއަރެންސަކީ އަމިއްލަ ކޮންޓްރޯލުގައި ނެތް ހާދިސާތަކުގެ ސަބަބުން އުޅަނދުފަހަރަށް ދިމާވާ ގެއްލުންތައް ކަވަރުކުރުމަށް އޮންނަ އިޚުތިޔާރީ އިންޝުއަރެންސް ކަވަރޭޖެކެވެ.

އަމިއްލަ ކޮންޓްރޯލްގައި ނެތް ހާދިސާތަކަކީ ތިންވަނަ ބަޔަކު އުޅަނދަށް ގެއްލުން ދިނުމާއި، ގުދުރަތީ ހާދިސާއެއްގެ ސަބަބުން އުޅަނދަށް ލިބޭ ގެއްލުމެވެ.

މައުޟޫޢުތަށް