"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 6:30

"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނަށް ލިބުނު އަށް ލައްކަ ޑޮލަރު، ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

މި އެހީ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާމީނެވެ. މިނިސްޓްރީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.

ޖުމްލަ 37 މީޑިއާއަކުން ގުޅިގެން ބޭއްވި މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.

މައުޟޫޢުތަށް