އެއްގަމު ދަތުރުފަތުރުގެ ބިލަށް ޝަމީމް: ކުށުގެ އަދަބު ވަޒަންކުރެވޭނެ ގޮތެއް ނެތްއިރު އަދަބުގެ ދަރަޖަތައް 'އޮޅުންބޮޅުން' ވާނެ

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 9:00

ސަރުކާރު ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ބިލުގެ ސަބަބުން ކުށްތަކުގެ އަދަބުތައް ވަޒަންކުރެވޭނެ ގޮތެއް ނެތް ކަމާއި، ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުގެ ދަރަޖަތައް އޮޅުންބޮޅުންވާނެ ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނިމިދިޔަ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހު ޝާމިން ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ބަލައިގަނެ، މިވަގުތު އޮތީ ކޮމިޓީ މަރުހަލާގައެވެ.

އޭނާ ހުށަހެޅުއްވި އެ ބިލުގެ 88ވަނަ މާއްދާގައިވާ ގޮތުން، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވައިގެން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރުދުވަހަށް ޖަލަށްލުމެވެ. އެ ކުށުގެ ސަބަބުން މީހަކަށް ލިބޭ އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، އަންނާނީ ފަސް އަހަރުދުވަހާއި 15 އަހަރުދުވަހާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި ކުށުގެ ބޮޑުމިނަށް ބަލައި 25 ހާހާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ލާޒިމްވާނެ ކަމަށް އެ މާއްދާގައިވެއެވެ.

މައުޟޫޢުތަށް