މިހާތަަނަށް ދިވެހީން ލަންކާއަށް ދިން އެހީ، 2.4 މިލިއަން ޑޮލަރަށް ވުރެެ ގިނަ: ޚަލީލް
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 7:41
މިހާތަަނަށް ދިވެހީންގެ ފަރާތުން ލަންކާއަށް ދޭން އެއްކުރި އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނަށް ލިބުނު އަށް ލައްކަ ޑޮލަރު މިއަދު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެހީއާ ހަވާލުވެވަޑައިގެން ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ، މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހީން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ގޮވައިލި ކޮންމެ ފަހަރަކު ދިވެހީންގެ އެހީ ލިބޭނެކަން ސާބިތުވެއްޖެ ކަމަށް ޚަލީލް ވިދާޅުވެ، ތައުރީފުކުރެއްވިއެވެ.