ސްރީލަންކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރުންދޭ ބައިލައްކަ ޑޮލަރުގެ އެހީ ހަވާލުކޮށްފި

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 8:54

ސްރީލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާނު 'ދީތުވާ'ގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރަށްދޭ ބައިލައްކަ އެމެރިކާ ޑޮލަރު ހަވާލުކޮށްފިއެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓްރީގަިއި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސްރީލަންކާގެ ސަރުކާރާ މި ބައިލައްކަ ޑޮލަރުގެ އެހީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތެވެ.

އެ އެހީއާ ހަވާލުވެވަޑައިގެންނެވިކަން ހާމަކުރައްވައި 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ވަނީ، ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ ރައްޔިތުންނަށް ދިވެހީން ދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މައުޟޫޢުތަށް