ސަނީ އުމަރު ބަންދުން ދޫކޮށްލުމަށްފަހު، މިއަދު އަނެއްކާވެސް ހައްޔަރުކޮށްފި
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 8:44
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ޑރ. ހުސައިން ސަނީ އުމަރު ބަންދުން ދޫކޮށްލުމަށްފަހު މިއަދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އިއްޔެ ސަނީ ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް (އެފްސީޕީ)އަށް ހާޒިރުކުރިއެވެ.
އޭނާ އިއްޔެ ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓައެވެ.