ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ތަސްދީގުކޮށްފި
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 9:42
ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލު ރައީސް ތަސްދީގުކުރެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ. އޭގެ ފަހުން އަހަރެއްވީއިރު އެ ގާނޫނަށް މިވަނީ ފުރަތަމަ އިސްލާހު ގެނެސްފައެވެ.
މި އިސްލާހުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެއެވެ.