އެއް ލީޓަރުގެ ފެންފުޅި މަނާކުރާ ތާރީޚު އަނެއްކާ ވެސް ފަސްކޮށްފި
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 10:01
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ނެރުއްވި ގަރާރުގައި އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މަނާކޮށްފައިވާ 14 ބާވަތުގެ ތެރޭގައި ހިމެނޭ އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚު އަނެއްކާވެސް ފަސްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި 'ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން'، މި ގަރާރަށް އިސްލާހު ގެންނަވާފައި މިވަނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފައާ އެކުއެވެ.
އެގޮތުން ބަދަލު ގެންނަވާފައިވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށެވެ.