އައިޖީއެމްއެޗްގެ ފުރަތަމަ ބަރުދަން ލުއިކުރާ ސާޖަރީ ކާމިޔާބު

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 11:47

ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައި، އެންމެ ފުރަތަމަ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަންކުރީ މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ މެޑިކަލް ސެންޓަރުގެ ބެރިއަޓްރިކް ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. ނިކް ރިޒާ ކޯސައި ބިން ނިކް މަޙްމޫދުގެ އެހީތެރިކަމާއެކު ކަމަށެވެ.

މި އޮޕަރޭޝަންކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބެރިއަޓްރިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރު، ޑރ. އަޒްނާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މައުޟޫޢުތަށް