ވަރަށްފަހުން އެމްޑީޕީން, ޕީއެންސީއަށް ބަދަލުވި މަހުލޫފް ޖަޕާން ސަފީރަކަށް އައްޔަންކުރަން ރުހުން ދީފި
ސަން
3 ޑިސެމްބަރު 2025 | ބުދަ | 10:32
ޖަޕާނަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް, އެމްޑީޕީން ވަކިވެ ވެރިކަންކުރާ ޕީއެންސީއާ މިދިޔަ މަހުގެ މެދުތެރޭ ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އައްޔަންކުރަން ފެންނަ ކަމަށް ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ނިންމީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
އޭނާއަށް ރުހުން ދޭން މަޖިލީހުން ނިންމީ، މަހުލޫފު އެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން އަންނަނިކޮށެވެ.