ވައުދުވާން ޖެހޭނީ ފުއްދޭނެ ވައުދެއްތޯ ބަލާފައި: ފައިސަލް
ސަން
3 ޑިސެމްބަރު 2025 | ބުދަ | 1:16
ވައުދުވާއިރުގައި އެ ވައުދަކީ ފުއްދޭނެ ވަރުގެ ވައުދެއްތޯ ބެލުން މުހިންމު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިގޮތަށް ވިދާޅުވީ ރޭ ތުޅާދޫ ސްޕޯޓްސް ކުލަބްގެ 22 ވަނަ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާންގެ ހައިސިއްޔަތުން މުބާރާތް ބަލަން ތިބި އެންމެންނާއި މުހާތަބުކުރައްވަމުންނެވެ.
ފައިސަލް ވަނީ ކަމެއް ކޮށްދޭން ވައުދު ވެއްޖެކަމަށްވާނަމަ ވައުދު ފުއްދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެވެސް ފުއްދޭނެ ވަރުގެ ވައުދަކަށްވާންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މީހުން އޮޅުވާލުމުގެ ބޭނުމުގައި ކަންތައްތައް ކޮށްދޭން ވައުދުވުމުގެ ސަބަބުން މުޖުތަމައުގައި ނުރުހުންވުން އިތުރުވެގެންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.