އޭރަކު އޮންނަ ވެރިކަމެއް ކޮޅަށް ދުވާ "ބޯވަދިލަމަހެއް" ފަދަ މީހުން, ސަފީރުންނަށް ބެއިތިއްބުން ގޯސް: އައްބާސް

ސަން

3 ޑިސެމްބަރު 2025 | ބުދަ | 11:05

އެއިރެއްގައި ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކަށް ބޯވަދިލަ މަހެއްހެން ސޮއިކުރައްވާ ބޭފުޅުން ސަފީރުންނަށް އައްޔަންކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ ދޫކުރެއްވުމަށް ފަހު މިދިޔަ މަހުގެ މެދުތެރޭ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވި މަޚްލޫފް، ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ރައީސް ފޮނުއްވީ ހަމަ އެ މަހުގެ 26ވަނަ ދުވަހެވެ. މަޖިލީހުން މިއަދު ވަނީ މަޚްލޫފްގެ ނަމަށް ރުހުންދީފައެވެ. ޕީއެންސީއަކީ ކުރިން ޑީއާރުޕީއިން ޕީޕީއެމަށް އަދި ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވެލެއްވި މަހުލޫފް ސޮއި ކުރެއްވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ.

://./214791

މައުޟޫޢުތަށް