އައި ރުޅީގައި ކުރި ވަރި، ކޯޓުން ކެންސަލްކުރުން ސޯޝަލް މީޑިއާގެ ހޫނު ބަހުސަކަށް

ސަން

3 ޑިސެމްބަރު 2025 | ބުދަ | 11:32

ރުޅި އައިސްގެން އަނބިމީހާއާ ދިމާލަށް، "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، ވަރިކުރުމަށް ފަހު، ވަރި ސާބިތު ކުރަން ހުށަހެޅުމުން، އެ ވަރި ސާބިތު ނުވާ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ސޯޝަލް މީޑިއާގެ ހޫނު ބަހުސަކަށް ވެއްޖެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުން ނިންމި މި މައްސަލައަކީ، ނޮވެމްބަރު މަހު ކުރީކޮޅު، އުތުރުގެ ދެ ރަށެއްގެ ދެމަފިރިއެއްގެ ވަރީގެ މައްސަލައެކެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ވަރި ސާބިތުކުރުމުގެ މައްސަލައެއްގެ ގޮތުގައެވެ.

ފިރިހެން މީހާ ކޯޓުން ބޭރުގައި ވަރީގެ އިބާރާތް ބޭނުންކޮށް އަންހެނުން ވަރިކުރި ކަމަށް ބުނެ ވަރި ސާބިތު ކުރުމަށް ހުށަހެޅި މި މައްސަލައިގައި "ކަލޭ ތިއިނީ ވަރިކޮށްފައި" ކަމަށް ފިރިހެން މީހާ ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މައުޟޫޢުތަށް