ޒަކާތު ފަންޑުން އިންވެސްޓުކޮށް، އެ ފައިސާ އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް ބިލު ފާސްކޮށްފި

ސަން

3 ޑިސެމްބަރު 2025 | ބުދަ | 12:39

ޒަކާތު ފަންޑު ބަލަހައްޓާނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަމަށް ކަނޑައަޅައި، ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ޒަކާތާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޒަކާތު ބިލަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ޒަކާތު ފަންޑުގެ ކަސްޓޯޑިއަން ނުވަތަ ޒަކާތު ފަންޑު ބެލެހެއްޓުމާ ބެހޭ މާއްދާއެއް އިތުރުކޮށްފައެވެ.

އެ މާއްދާގައިވާ ގޮތުން، ޒަކާތު ފަންޑު ބަލަހައްޓައި، އެ ފަންޑުގެ އެކި އެކައުންޓްތައް ހުޅުވައި ބެލެހެއްޓުމާއި، އެކައުންޓަށް ޖަމާވާ ފައިސާއާއި އެކައުންޓުން ބޭރުވާ ފައިސާގެ ރިޕޯޓުތައް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތަށް އެމްއެމްއޭން ތައްޔާރުކުރަން ޖެހޭނެއެވެ.

މައުޟޫޢުތަށް