މަގާމުތައް ދިނުމުގައި މި ސަރުކާރުން ބަލަނީ ހުނަރާއި ތަޖުރިބާއަށް، ހަސަބަކަށް ނޫން: ފަލާހު

ސަން

3 ޑިސެމްބަރު 2025 | ބުދަ | 2:12

މަގާމުތައް ދިނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަސަބަކަށް ނަސަބަކަށް ނުބަލާނެ ކަމަށާއި، ސަރުކާރުން ބަލާނީ ހުނަރަށާއި ތަޖުރިބާއަށް ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، ޖަޕާނުގެ ސަފީރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރުހުންދީފައެވެ.

އެ ކަމާ ގުޅުވައި، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މި ސަރުކާރަކީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރާއިރު ހަސަބާއި ނަސަބަށް ބަލާ ސަރުކާރެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް