ކައުންސިލްގައި އޮތް އެއްބަސްވުމެއް ވީދާނުލަން، އާޒިމް އުޅުއްވަނީ ފްރޭމް ކުރަން: ނަހުލާ

ސަން

3 ޑިސެމްބަރު 2025 | ބުދަ | 6:21

މާލޭ ސިޓީ ކައުންސިލްގެ ލިޔުމެއް، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވީދާލި ކަމަށް މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރެއްވުމުން، އޭނާ ފްރޭމް ކުރަން އުޅޭ ކަމުގެ ތުހުމަތު ނަހުލާ މިއަދު ކުރައްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި އާޒިމް ވަނީ، ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ އެގްރީމެންޓެއް ނަހުލާ ވީދާލި ކަމަށް ވިދާޅުވެ، އެ މައްސަލަ ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން ދާދި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށެވެ.

މައުޟޫޢުތަށް