މަޖިލިސް ދެ މަހަށް ޗުއްޓީއަށް، ނިމުނީ 82 ޕަސެންޓް މަސައްކަތް
ސަން
3 ޑިސެމްބަރު 2025 | ބުދަ | 5:04
މި ހިނގާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު، 82 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.
މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާ މިއަދު ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ މި ދައުރުގައި މަޖިލީހުން ކުރި މަސައްކަތުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފައެވެ.
އެގޮތުން ޢަބްދުއްރަޙީމް އާްންމުކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން މި ދައުރުގައި ޖުމްލަ 28 ޖަލްސާއެއް ބާއްވައި، 15 ބިލެއް ފާސްކުރިއެވެ.