ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުވަން، ނޫސްވެރިޔާ މޫސަ ނެރުއްވީ 'ދޮންކޮ' ވާހަކަ ސިލްސިލާ
ސަން
3 ޑިސެމްބަރު 2025 | ބުދަ | 7:58
ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުމަށްޓަކައި، ދައުރު ނޫހުގެ އެޑިޓަރު އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ މޫސާ ލަތީފް، "ދޮންކޮ"ގެ ނަމުގައި ވާހަކަ ސިލްސިލާއެއް މިއަދު ނެރެއްވައިފިއެވެ.
ފަސް ވާހަކައެއް ހިމެނޭ ދޮންކޮ ސިލްސިލާ ނެރެދެއްވީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި މޫސަ ވިދާޅުވީ، އެ ފޮތްތައް ލިޔުއްވަން ފެއްޓެވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2014 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު ނިންމުމަށް ފަހު، ތިން މަހުގެ ޗުއްޓީއެއްގައި ހުންނަވައިގެން ކަމަށެވެ.