ޝަމްއާން މައްސަލައިގެ ވީޑީއޯ ފުލުހުންނަށް ދޭން އެދުނީ، ޒިންމާ އަދާކުރުމަށް: އިހުސާން

ސަން

3 ޑިސެމްބަރު 2025 | ބުދަ | 9:32

ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ މައްސަލައިގައި ފުލުހުންނަށް ވީޑިއޯ ފުޓޭޖު ދޭން އެދުނީ، ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް މަހުގެ 21ވަނަ ދުވަހުގެ ރޭގައެވެ.

އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ.

މައުޟޫޢުތަށް