ޙުސްނާ ފަހުމީގެ 'ދިވެހީންގެ ވަޠަން' ނެރެފި؛ ދިވެހި ތާރީޚާއި ސަގާފަތާ ބެހޭ އެތައް މައުލޫމާތެއް ހިމެނޭ
ސަން
3 ޑިސެމްބަރު 2025 | ބުދަ | 10:14
ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ފޮތް ލިޔެ، ޝާއިއުކުރުމުގެ ދާއިރާއިން ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޙުސްނާ ފަހުމީގެ 'އަރާކުރި' ސިލްސިލާގެ 47 ވަނަ ފޮތް، 'ދިވެހީންގެ ވަޠަން' ފޮތް މިއަދު ނެރެދެއްވައިފިއެވެ.
ގައުމީ ކުތުބުޚާނާގައި ހަވީރު އޮތް ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ، ދިވެހި ގައުމިއްޔަތުގެ ތާރީޚު އިސްވާރު ކަށިިމާ އަޙްމަދު ޝާކިރެވެ.
ޙުސްނާ ފަހުމީގެ އަރާކުރި ސިލްސިލާގައި ހިމެނެނީ، ދިވެހި ބަހުގެ ހަތަރު ހުނަރަކަށް އަމާޒުކޮށް، އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ ފޮތްތަކެވެ. އެ ފޮތްބަޔަކީ، ދިވެހިބަހުގެ ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ޝައުގުވެރިވާ ކުދިންނަށް، އެކަމުގައި ކުރިއަށްދިޔުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ޙުސްނާ ލިޔުއްވަމުން ގެންދަވާ ސިލްސިލާއެކެވެ.