ގެމަނަފުށީ ޓީޗަރެއް ''ބޭއިންސާފުން'' ވާދުއަށް ބަދަލުކުރުމުގެ ތުހުމަތު؛ މިނިސްޓްރީން ބުނީ ވަގުތީ ބަދަލެއް ކަމަށް
ސަން
3 ޑިސެމްބަރު 2025 | ބުދަ | 11:12
އެޑިއުކޭޝަން މިނިސްޓްރީން، ގއ. ގެމަނަފުށީ ސުކޫލުގެ, އެ ރަށަށް ނިސްބަތްވާ ލީޑިން ޓީޗަރެއްގެ ވަޒީފާ ކުއްލި ގޮތަކަށް ގދ. ވާދުއަށް ބަދަލުކުރީ ބޭއިންސާފުން ކަމަށް ތުހުމަތުކޮށްފިއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި، ވާދުއަށް ބަދަލުކޮށްފައި ވަނީ، 2020ވަނަ އަހަރުން ފެށިގެން ގެމަނަފުށީ ސުކޫލުގައި ލީޑިން ޓީޗަރަކަށް މަސައްކަތް ކުރާ އަމާނުﷲއެވެ. އޭނާގެ ސްކޫލް ބަދަލުކުރީ، މި އަހަރުގެ އޭޕްރީލް އަށެއްގައި، އޭނާ މަގާމުން ވަކިކުރުމަށް ފަހުގައެވެ.
އެކަމާ ގުޅިގެން އަމާނުﷲ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހަމަ އެ ދުވަހު މައްސަލަ ހުށަހެޅިއެވެ. އޭގެ ޖަވާބު ލިބުނީ، ފަސް މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، މިދިޔަ ސެޕްޓެމްބަރު 22ގައެވެ.