2027ގައި ގެންނަ ބަދަލާއެކު، ޔުނިފޯމްތައް ފަސޭހައިން ލިބޭނެ: މިނިސްޓްރީ

ސަން

3 ޑިސެމްބަރު 2025 | ބުދަ | 11:40

ސަރުކާރު ސުކޫލްތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުން ފަސޭހަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔުނިފޯމަށް ބަދަލުތައް ގެނައުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލަ އާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ.

މައުޟޫޢުތަށް