އަނދިރީގައި އޮތް ގަމަށް ކަރަންޓު ދޭން ފަށައިފި، މިރޭ 12:00އަށް މުޅި ރަށަށް ޚިދުމަތް ދެވޭތޯ ބަލަނީ
ސަން
3 ޑިސެމްބަރު 2025 | ބުދަ | 10:57
ލ. ގަމު ފެނަކަ ބްރާންޗުގައި ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑި، ގަޑިއިރުތަކެއް ވީފަހުން އަލުން އެ ރަށުގެ ބައެއް ހިސާބުތަކަށް މިރޭ ކަރަންޓު ދޭން ފަށައިފިއެވެ.
ފަސް ހާސް މީހުން ދިރިއުޅޭ ގަމުގެ ފެނަކަ ބްރާންޗުގައި ރޯވީ، މިއަދު 2:45 ހާއިރު ކަމަށްވާއިރު، އަލިފާން ނިއްވާލާފައި ވަނީ، 15:50 ހާއިރެވެ. އެކަމަކު، އިންޖީނު ރޫމަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ހުރުމުން ކަރަންޓު ދޭކަށް ނުފަށައެވެ.
ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީ މިރޭ ވިދާޅުވީ، އިންޖީނުތައް ސާވިސްކުރުމަށް ފަހުގައި، ބައެއް ހިސާބުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.