މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެއަށް، 600އަށް ވުރެ ގިނަ ފަތުރުވެރިންނަށް ކްލިއަރެންސް ދީފި
ސަން
3 ޑިސެމްބަރު 2025 | ބުދަ | 11:57
މި އަހަރުގެ ކްރޫޒްލައިނާ ސީޒަން މިދިޔަ އޮކްޓޫބަރުގައި ފެށުނު ފަހުން، މިއަދު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 1،045 ކުރޫއާއި ފަސިންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން ބުނީ، 'އަޒަމަރާ ޕާސުއިޓް'އިން އައި ފަތުރުވެރިންނަށް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ކާމިޔާބު ކަމާއެކީ ކްލިއަރެންސް ދީފައިވާ ކަމަށެވެ.
އެ ކުރޫޒްލައިނާގައި ތިބީ 649 ފަސިންޖަރުންނާއި 396 ކްރޫއިންނެވެ.