ޖަޕާން ސަފީރުކަމަށް އިއްޔެ ރުހުންދިން މަހުލޫފް މިއަދު އައްޔަންކޮށްފި

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 10:40

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން އެ ޕާޓީއާ ގުޅިވަޑައިގެން، މިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އައްޔަންކުރައްވައިފިއެވެ.

ވަރަށް ފަހުން އެމްޑީޕީން ވަކިވެވަޑައިގެން މަހުލޫފް، ސަފީރުކަމަށް އައްޔަންކުރަން ނަން ފޮނުއްވި ހިސާބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެކަމަކު، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މަހުލޫފަށް ރުހުންދީފައެވެ.

މައުޟޫޢުތަށް