ގެދޮރު އިމާރާތް ކުރަން ދޭ ހިޔާވަހި ލޯނުގެ މިންގަނޑު ލުއިކޮށްދޭން އެދި ރައީސަށް ސިޓީއެއް

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:18

ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ދޫކުރާ "ހިޔާވަހި ލޯނު" ހޯދަން ރައްޔިތުންނަށް ދަތިތައް ދިމާވަމުންދާ ކަމަށް ބުނެ، އެކަމަށް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އިއްޔެ ސިޓީއެއް ފޮނުއްވައިފިއެވެ.

ފަސް ޕަސެންޓަށް ވުރެ ބޮޑުނޫން އިންޓްރެސްޓުގައި ލޯނު ދޫކުރުމަށް އެ ސްކީމް އިފުތިތާހުކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު ފަހެއްގައެވެ.

ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، އެ ލޯނު ދޫކުރުމުގައި ލުއި ގޮތްތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލޯނުގެ ކަންކަން ކުރިއަށް ގެންދަނީ، ބޭންކުތަކުން ލޯނު ދޫކުރާ "އާންމު އުސޫލު"ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް