އިހުސާންގެ އިތުރު އިންޒާރެއް: ޑުރަގު ވިޔަފާރި ކުރާ އެކަކަށް ވެސް ރަހުމެއް، އިސްތިސްނާއެއް ނޯންނާނެ!

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:24

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އިންޒާރު ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ 'އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހައްޔަރުކޮށްފައެވެ.

އެ މީހުން ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނީ، ނެޓްވޯކްގެ ތެރެއިން 2017އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށެވެ. އަދި، މިދިޔަ ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް