ވެލާނާ އެއާޕޯޓުގައި ޕާކުކޮށްފައި އޮތް ބޯޓެއްގައި ތެޔޮ ބައުޒަރެއް ޖެހި، ގްރައުންޑުކޮށްފި

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:51

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި އޮތް ފްލައިދުބާއީ ބޮއިންގް 737 ބޯޓުގެ ފިޔަގަނޑުގައި ފިއުލް ބައުޒަރަކުން ޖެހި ގެއްލުންވުމާ ގުޅިގެން، އެ ބޯޓު ގްރައުންޑްކޮށްފިއެވެ.

އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ރިޕޯޓްކުރި ގޮތުގައި މިއަދު މި ހާދިސާ ހިނފާގައިވަނީ ގްރައުންޑް ސާވިސިން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މި ބޯޓު، އެެއާޕޯޓްގައި ޕާކްކޮށްފައިވަނިކޮށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ނަމަވެސް ބޯޓުގެ ފިޔަގަނޑަށް ގެއްލުންވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މައުޟޫޢުތަށް