ސައިކަލެއް ވަގަށް ނަގައިފި ނަމަ، އަހަރީ ފީ ނުނަގަން އެދި ކުޑޫގެ ހުށަހެޅުއްވުމެއް އަމީނަށް

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:32

ސައިކަލެއް ވަގަށް ނަގައިފިނަމަ އެ ސައިކަލް އަނބުރާ ލިބެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ކުޑޫ ފޮނުވި ސިޓީގައި ވަނީ، ފަހަކަށް އައިސް ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވާކަން ފާހަގަކުރައްވާފައެވެ. މި ހާލަތުގައި ސައިކަލުގެ ވެރިފަރާތަށް ކުރިމަތިވާ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކުޑޫ އެދިވަޑައިގެންފައިވެއެވެ.

އެހެންކަމުން، ސައިކަލު ވަގަށް ނެގިކަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ ހިސާބުން އެ ވެހިކަލްގެ އަހަރީ ފީ މައާފުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ދެވަނަ ކަމަކަށް ކުޑޫ އެދިވަޑައިގަތީ، ވަގަށް ނެގި ސައިކަލް ފެނިއްޖެނަމަ އެ ސައިކަލު ގެއްލުނުއިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމަށެވެ.

މައުޟޫޢުތަށް