ހިޔާ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް ގެނައި ބަދަލު ''މައި ހުޅުމާލެ'' ޕޯޓަލްއިން މިހާރު ފެންނާނެ
ސަން
4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި އިމާރާތްކުރި، ހިޔާ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް އައި ބަދަލު "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް ފެންނަ ގޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަދައިފިއެވެ.
އެޗްޑީސީން ބުނީ، ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް މިހާރު މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައިލެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ކަމަށްވާއިރު، މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހި ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އޭގެއިތުރުން، އެ ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ މީހުންނަށް މާލީ ލުއިތަކެއް ލިބޭނެ ކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.