ގުރޭޑު 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓާ އެކު ހަރުވާޅު ލާން މަޖުބޫރު
ސަން
4 ޑިސެމްބަރު 2025 | ބުރާސްފަތި | 4:21
ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓް ލާން ބޭނުން ނަމަ ހަރުވާޅުލާން ޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ނެރެފައެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ. މިނިސްޓްރީން މި އުސޫލު އެކުލެވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތް ކުރުމަށެވެ. އެއާއެކު ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
މި އުސޫލުގައިވާ ގޮތުން، ޔުނީފޯމާ އެކީ ސްކާޓު އެކަނި ލެވޭނީ ހަމައެކަނި ބޭބީ ނާސަރީން ފެށިގެން ތިންވަނަ ގުރޭޑާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ.