އެމްޑީޕީގެ ވަގުތީ ޗެއާމަން ހޮވާ ބައްދަލުވުން ހޯމަ ދުވަހު، ކުރިމަތިލެއްވީ ގަޕޯ އެކަނި

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 5:16

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ބޭފުޅަކުު ހޮވުމަށް ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް ހޮވަނީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް, އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތް ފައްޔާޒް، އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އިބްރޭ "ސަން" އަށް ވިދާޅުވީ ވަގުތީ ޗެއާޕާސަން ހޮވުމަށް ބައްދަލުވުން ބާއްވަން ތާވަލުކޮށްފައިވަނީ ހޯމަ ވިލޭރޭގެ 20:30 ގައި ކަމަށެވެ. މިވަގުތު މި މަގާމަށް ނަން ހުށަހަޅުއްވާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ.

މައުޟޫޢުތަށް