ހުޅުމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ނަފުސާނީ ބައްޔަށް ފަރުވާދޭން އަންނަ އަހަރު ފަށާނެ: ޙަލީމް

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 5:48

ހުޅުމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ނަފުސާނީ ބަލިތަކަށް ފަރުވާދޭ ޚިދުމަތް އަންނަ އަހަރު ފެށާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ހަފުތާ 104" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި ޙަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި މުހިންމު މަސައްކަތްތަކެއް ޕްލޭންކޮށްފައިވާ ކަމަށާއި، އިތުރު އެނދުތައް ވެސް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.

"އެގޮތުން 28 އެނދު އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އީއީޖީގެ ޚިދުމަތް އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށަން މިދަނީ ތައްޔާރުވަމުން. މެންޓަލް ހެލްތުގެ މިހާރު ހަމައެކަނި އައުޓް ޕޭޝަންޓް ޚިދުމަތް މިދެނީ. އިން ޕޭޝަންޓް ވޯޑަކާއެކު އެ ދާއިރާ ފުޅާކުރުމަށްދަނީ މަސައްކަތް ކުރަމުން،" ޙަލީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް