ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ފަށަނީ

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 6:49

ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 5،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރި ކަމުގެ ގާނޫނު" ގެޒެޓުކޮށްފިއެވެ.

އިއްޔެ ގެޒެޓުގައި ޝާއިއުކުރި އެ ގާނޫނުގައި ވަނީ، ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވުމުން ކަމަށެވެ. މިގޮތުން، އެ ޖަނަވާރަކީ، ރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރަކަށް ނުވުމާއި އެ ޖަނަވާރު އެތެރެކުރަނީ، ގާނޫނުން ހުއްދަ ކުރާ ބޭނުމަކަށް ވާން ޖެހެއެވެ.

މި ގާނޫނުގެ ތެރެއިން ބައެއް ޖަނަވާރުތައް އެތެރެކުރުމުގައި ޚާއްސަ ހުއްދައެއް ބޭނުންވެއެވެ. އެއީ:

މައުޟޫޢުތަށް