އިތުރު ޖަނަރޭޓަރެއް ބޭނުމެއްނުވޭ، އިންޖީނުތަކާއި ޕެނަލްތައް ރަނގަޅު: ގަމު ބްރާންޗް

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 7:21

އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އިތުރު ޖަނަރޭޓަރެއް އަދި ބޭނުން ނުވާނެ ކަމަށާއި، ޖަނަރޭޓަރުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް، ލ. ގަމު ފެނަކަ ބްރާންޗުން މިރޭ ބުނެފިއެވެ.

ފަސް ހާހުގެ އާބާދީއެއް އޮންނަ ރާއްޖޭގެ އެންމެ ބޮޑު ރަށްކަމަށްވާ ގަމުގެ، އިންޖީނު ގޭގައި އިއްޔެ މެންދުރުފަހު 2:45 ހާއިރު ރޯވި އަލިފާން ނިވައިލެވުނީ ހަވީރު ހަތަރެއް ޖަހަން ކައިރިވެފައިވަނިކޮށެވެ. އެ ހާދިސާގައި މީހަކަށް އަނިޔާނުވި ނަމަވެސް، އިންޖީނު ރޫމަށާއި އިންޖީނުގޭގެ ފުރާޅަށް ގެއްލުން ވެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ކަރަންޓު ކެނޑުމަށްފަހު، މުޅި ރަށަށް ކަރަންޓު ދެވުނީ ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

މައުޟޫޢުތަށް