ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ޕީއެންސީއާ ދެެމެދު ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފި

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 8:22

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ(ސީޕީސީ)ގެ އިސް ބޭފުޅުންގެ ވަފްދެއް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ދެ ޕާޓީ ދެމެދު ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ، ސީޕީސީ ސެންޓްރަލް ކޮމިޓީގެ 20ވަނަ ދައުރުގެ 4 ވަނަ ޕްލީނަރީ ސެޝަންގެ ނަތީޖާތަކާ ބެހޭގޮތުންނާއި، އަދި ދެ ގައުމުގެ ގުޅުމާއި، ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނެވެ.

ޗައިނާގެ ވަފްދުގެ އިސްވެރިއަކީ އައިޑީސީޕީސީގެ އިންފޮމޭޝަން ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ކަންގް ޝުއައި އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާއެވެ.

މައުޟޫޢުތަށް