ބާ ކައުންސިލްގެ އެކްސްކޯ މެންބަރުގެ މަގާމަށް ވަކީލު ސާދިހު ހޮވައިފި

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 8:45

ބާ ކައުންސިލްގެ ހުސްވެފައިވާ އެކްސްކޯގެ މެންބަރުކަމުގެ މަގާމަށް ގާނޫނީ ވަކީލު ސާދިހު ނަސީރު ހޮވައިފިއެވެ.

ބާ ކައުންސިލްގެ އެކްސްކޯގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އަޙްމަދު ޝާފިޢު ކްރިމިނަލް ކޯޓުގެ ގާޒީކަމަށް މިދިޔަ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހު އައްޔަންކުރުމާ ގުޅިގެން، ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާދެއްވާފައިވާތީއެވެ.

އެހެންވެ، ބާ ކައުންސިލްގެ އެކްސްކޯ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ހުޅުވާލިއެވެ.

މައުޟޫޢުތަށް