ތޫފާނުން ގެއްލުންވި ގައުމުތަކަށް އެމްފައިސާ އިން އިތުރު ޗާޖަކާ ނުލާ ފައިސާ ފޮނުވޭނެ

ސަން

4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:24

ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެމް ފައިސާ މެދުވެރިކޮށް، އިތުރު ފީއަކާ ނުލާ، ބައިނަލް އަޤްވާމީ މަނީ ޓްރާންސްފާ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސް އިން އިއުލާން ކޮށްފިއެވެ.

އުރީދޫ އިން ބުނީ މި ލިމިޓެޑް ޓައިމް އޮފާ ފަރުމާކޮށްފައި ވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މި ގޮތުން މި މަހުގެ އެކަކުން ފެށިގެން 31ގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް ފައިސާ ފޮނުވޭނެކަމަށެވެ. އެގޮތުން ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ރައްކާތެރިކަމާއި އެކު ފައިސާ ފޮނުވޭނެކަމަށެވެ.މި އޮފާގެ ތެރެއިން އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.

މައުޟޫޢުތަށް