އަޝްފާގުގެ މުދާ ވިއްކައިގެން ނަމަވެސް 10 އަހަރުވީ ދަރަނި ދައްކަން އެދެފި

ސަން

5 ޑިސެމްބަރު 2025 | ހުކުރު | 10:50

ޔޫމެޓް ކޮންސްޓްރަކްޝަން ކުންފުންޏަށް، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކައި އޮތް ފައިސާ، ދަގަނޑޭގެ މުދާ ވިއްކައިގެން ނަމަވެސް ހޯދައިދިނުމަށް އެ ކުންފިން ކޯޓުގައި އެދެފިއެވެ.

މި މައްސަލައިގެ ހުކުމް އަޝްފާގާއި އޭނާ ކުރިން ކުޅުނު، މިހާރު އުވިފައިވާ ވީބީ ސްޕޯޓްސްގެ މައްޗަށް ކުރީ 2015 ވަނަ އަހަރެވެ. އެއީ، އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާއާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެޓުން ކުރި ދައުވާއާ ގުޅިގެންނެވެ.

އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން އަންގާފައި އޮތީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ. އެކަމަކު، މިހާތަނަށް އޭގެން ދައްކާފައި އޮތީ އެއް މިލިއަން ރުފިޔާ ކަމަށް ކޯޓުގެ ލިޔުންތަކުން އެނގެއެވެ.

މައުޟޫޢުތަށް