ބޮޑެތި ކުށްކުށުގައި ވާނުވާ ބަންދުގައި ތިބި މީހުން މިނިވަންކުރުމުގެ ހައްގެއް ނެތް: ރައީސް

ސަން

5 ޑިސެމްބަރު 2025 | ހުކުރު | 12:07

ބޮޑެތި ކުށްކުށުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިގެންވާ ޙައްގެއް ނޫންކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ މާފަންނު ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ޒުވާނަކު ވަނީ، ވާނުވާ ބަންދު އަދިވެސް އުވައިނުލައްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވާނުވާ ބަންދުގައި ތިބި މީހުން މިނިވަން ނުކުރާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ކުރިން އޮތީ "ވާނުވާ"ގައި ކަމަށެވެ. އެ ފަދަ ބައެއް މައްސަލަތައް ނިމޭނެ ދުވަހެއް އެ ކަންކަމުގައި ޝާމިލުވާ މީހުންނަށް ވެސް މިހާތަނަށް ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް