އިހުސާން މުއައްސަސާ ދިފާއެއް ނުކުރޭ، ފުލުހުންނަށް އިތުބާރު ހޯދައެއް ނުދޭނެ: ޔާމީން
ސަން
5 ޑިސެމްބަރު 2025 | ހުކުރު | 11:39
ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހޭ ކަމަށާއި، ނަމަވެސް މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެ މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
އަމިއްލަ ޕާޓީ ޕީއެންއެފުން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ފުލުހުން ދިފާއުކުރުމުގެ ހުރިހާ ޒިންމާއެއް އޮތީ އިހުސާނުގެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އިހުސާން ފުލުހުން ދިފާއުކުރައްވަންޖެހޭނެ ކަމަށެވެ.
"އޭގެ ބަދަލުގަ އޭނަ ދެއްކިހާ ވެސް ވާހަކައަކީ ފުލުހުންގެ ތެރޭގައި ދެން ކަންކަން ނުކުރާ މީހުންނަކަށް ފަސޭހައެއްނުވާނެއޭ ކަމެއް ނުކޮށް ތިބޭކަށް، މިހާރު އިރޯޑުވެގެން ދާއިރު އޭނާ ވެސް ބޭނުންވަނީ ޝިޕް ސިންކްވެގެން ދާއިރު ހަމަ ސިންކްކޮށްލަން. އެކަމަކު މީނާ ދެއްތޯ މުއައްސަސާ ޑިފެންޑްކުރަން ހުންނަ މީހަކީ،" އިހުސާނަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވިއެވެ.