ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލަސްލަހުން ނަފުސު ގަތުލުކުރުން ފަދަ ކަމެއް: ޚުތުބާ
ސަން
5 ޑިސެމްބަރު 2025 | ހުކުރު | 1:17
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލަސްލަހުން އަމިއްލަ ނަފުސު ގަތުލުކުރުން ފަދަ ކަމެއް ކަމަށާއި އެއީ އަމިއްލަ ނަފުސާއި، އާއިލާއަށް ވެސް ދެވޭ އަނިޔާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ ދުންފަތުން ލިބޭ ގެއްލުމުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ދުންފަތަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުންހުރި އެއްޗެއްކަން އެ ކަމާ ގުޅޭ ގޮތުން ކޮށްފައިވާ އެންމެހާ ދިރާސާތަކުން ސާބިތުވެފައިވާ ކަމަށެވެ. އެކަމަކު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ކުރަނީ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ކަމަށް ބުނެ، ޚުތުބާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.