އިހުސާން، ޔާމީނަށް: ވެރިކަމުގައި ކަން ކުރިނަމަ، ސިޓިން ރޫމްގައި ފުލުހުންގެ ވާހަކަދައްކަން ނުޖެހޭނެ
ސަން
5 ޑިސެމްބަރު 2025 | ހުކުރު | 2:55
ވެރިކަމުގައި ކަން ކުރިނަމަ، ސިޓިން ރޫމްގައި ފުލުހުންގެ ވާހަކަދައްކާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިއަދު ރައްދުދެއްވައިފިއެވެ.
ކޮންމެ ހަފުތާއަކު ސިލްސިލާކޮށް، ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވަނީ، ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހޭ ކަމަށާއި، ނަމަވެސް މިހާރުގެ ހޯމް މިނިސްޓަރު އިހުސާން އެ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކައަށް ރައްދުދެއްވައި، މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަސް އަހަރުގެ ވެރިކަމެއްގައި ކަން ކުރެއްވި ނަމަ، މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ ފުލުހުންގެ މުއައްސަސާއެއް ކަމަށެވެ. ވެރި ކަމުގައި ހުންނަވައިގެން އެކަން ކުރެއްވި ނަމަ، ސިޓީންރޫމްގައި ފުލުހުންގެ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.