އިންޒާރު ދިނުމުގެ ރެކޯޑް އޮންނަ މީހެއް، ފުލުހުންނަށް އިންޒާރުދީގެން ހައްޔަރުކޮށްފި

ސަން

5 ޑިސެމްބަރު 2025 | ހުކުރު | 9:14

ފުލުހުންނަށް އިންޒާރުދީގެ ކުރިން ވެސް ހުކުމެއް އައި މީހަކު، އަނެއްކާ ވެސް ފުލުހަކަށް އިންޒާރުދީގެން ހައްޔަރުކޮށްފިއެވެ.

ފުލުހަކަށް އިންޒާރުދީގެން ހައްޔަރު ކުރި މީހަކީ، ސ. މަރަދޫ ބަގީޗާގޭ އުމުރުން 43 އަހަރުގެ އަހްމަދު ޝުރާއުއެވެ. އޭނާ ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފުލުހުންނަށް އިންޒާރުދިން މައްސަލައާ ގުޅިގެން، ސ. މަރަދޫ ބަގީޗާގޭ އުމުރުން 43 އަހަރުގެ އަހްމަދު ޝުރާއު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާއިރު، ރެކޯޑްތަކުން ދައްކާ ގޮތުން އޭނާގެ މައްޗަށް މީގެ ކުރިން ވެސް އެ ފަދަ މައްސަލައެއްގައި ހުކުމެއް އައިސްފައިވެއެވެ. އެއީ، މީގެ 15 ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ.

މައުޟޫޢުތަށް