ލަންކާ ރައްޔިތުން އެއްވެ ހާމަކޮށްދިނީ ދިވެހީންނަށް ޓަކައި އޮތް ލޯތްބާއި ޝުކުރު
ސަން
5 ޑިސެމްބަރު 2025 | ހުކުރު | 6:32
ތޫފާން ދިތުވާގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހީރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޮޑު އެއްވުމެއް މިއަދު ބާއްވައިފިއެވެ.
ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ކުރިމަތީ، މިއަދު ހަވީރު 17:00 އިން ފެށިގެން އިރުއޮއްސުމާ ހަމައަށް އޮތް މި އެއްވުމުގައި މާލޭގައި ދިރިއުޅެމުން އަންނަ ލަންކާގެ ކުދި، ބޮޑު އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ. ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އިޔާދު